Monday, June 28, 2010

އައްލާޙުގެ މަގައް އެބުރި އައުން

ޖަބުލާނީ ބޯޅަ ގަންދެއްވަމެވެ. ވުވެޒަލާ ގަންދެއްވަމެވެ. ހަމަކަށަވަރުން ތިމަންރަސްކަލާގެ އަޒަލުގައި ކަނޑައަޅުއްވާފއި ވާކަމެއްމެނުވީ އިންސާނުންނައް ކުރުމުގެ ގާބިލިކުން ލިބިގެން ނުވެއެވެ

އެއިންސާނުން ހިތައްރާނެއެވެ، ތިމަންމެން ހާދަކުޅަދާނައެވެ. ތިމަންމެން އަލައް ތަކެތި އީޖާދު ކޮއް އުފައްދަމުއެވެ.  އެހެނަސް ތިމަންރަސްކަލާގެ އިރާދަކުރެއްވި ކަމެއް މެނުވީ އެއިންސާނުންނައް ކުރުމައް ކުޅަދާނަވެގެން ނުވެއެވެ. އެންމެހާ ހަމްދުސަނާ ހުރީ ތިމަން އައްލޯހަށެވެ.  ސަލާމަތާއި ދިންނެވުން އޮތީ ތިމަން އައްލާޙުގެ މަގައް އެބުރި އައުމުންނެވެ.. 

Sunday, June 20, 2010

އަޑުތަކުގެ ތެރެއިން އެންމެ ހުތުރުކަން ބޮޑުވެގެންވާ އަޑު.

ހަމަކަށަވަރުން އަޑުތަކުގެ ތެރެއިން އެންމެ ހުތުރުކަން ބޮޑުވެގެންވާ އަޑަކީ ވުވެޒަލާގެ ޢަޑުކަން ކަށަވަރެވެ. ތިޔަބއިމީހުން ގެކަންފަތްތައް ނިވާކޮއް ، އެއަޑުނާހާ ހުށިކަމެވެ. ތިމަންރަސްކަލާގެ އިރާދަކުރައްވަފިނަމަ އެބައިމީހުންގެ ވުވެޒަލާތައް ފަޒާގެ ތެރެއައް ފެތުރިގެންދާ ކުނޑިތަކަކައް ހަދާލުމައްވެސް ތިމަންރަސްކަލާގެ ކުޅަދުންވަންތައެވެ..

Tuesday, June 15, 2010

އައްލޯހުގެ ބްލޮގައް އީމާންވުން

އޭ މާތްއައްލޯހުގެ އަޅުތަކުންނޭވެ. މާތް އައްލޯހުގެ ބްލޮގައް އީމާން ވުމަކީ ތިޔަބއިމީހުންގެ މައްޗައް ވާޖިބެއްކަމުގައި ތިމަން އިލާހު ކަނޑައަޅުއްވާ ފީމެވެ. އަދި މިބްލޮގައް އީމާން ވުމަކީ އީމާން ކަމުގެ ރުކުނެކެވެ. މިބްލޮގައް އީމާން ނުވާމީހާގެ ޢީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެފަދަ މީޙުން ނައް ތިމަން ރަސްކަލާގެ ގަދަފަދަ އަޒާބު ކަނޑައަޅުއްވާފއި ވެއެވެ. . 

Saturday, June 12, 2010

ވާލްޑު ކާޕާމެދު ތިމަން އައްލާހުގެ ނިންމެވުން

ހަމަކަށަވަރުން ތިމަންއައްލޯހު ތިޔަބައިމީހުން ބިމުގައި ލެއްވއވީ ، ތިމަން އައްލާޙު އައް އަޅުކަން ކުރުމަށެވެ. ބިމުގައި ފަސާދަކޮއް ، ފުޓްބޯޅަ ކުޅޭކައް ނޫނެވެ. ތިޔަބއިމީހުންނައް އެންމެ ހެޔޮކަން ބޮޑީ ފްޓުބޯޅަ ދަނޑުތައްދޫކޮއް ތިމަން އައްލާހުގެ ހަޒްރަތައް އެބުރި އައުމެވެ. މިކަމުގައި އީމާންވީ މީހުންނައް ކަނޑައެޅި ބަޔާން ވެގެންވާ ހެކިތަކެއް ވާކަންކަށަވަރެވެ.

Wednesday, June 9, 2010

މާތް އައްލާޙު އާމެދު ތިޔަބައިމީޙުން ކޮއްގެންނުވާނެ ބައެއް ސުވާލު އަދި ޖަވާބު

  1. މަތާ އައްލޯހު އުފެދުނީ ކިހިނެއް؟ ޖަވާބު: ތި ސުވާލުގެ ޖަވާބު ހަމައެކަނި ދެނުވޮޑިގަންނަވާނީ ތިމަން އައްލާހު
  2. މާތް އައްލާހު ރަސޫލުކަން ދޭމީހުންގެ ސަރުތު ތަކަކީ ކޮބާ
  3. މާތް އައްލާހު މިހާރު ރަސޫލުން ނުފޮނުވަނީ ކީއްވެ
  4. މާތް އައްލާހު އައް ހުރިހާ ކަމެއް އެގެނީ ކިއްވެ؟
  5. މާތް އައްލާހު އާއި އެމެރިކާއާއި ހަނގުރާމަ ކޮއްގެން މޮޅުވާނީ ކާކު
  6. މާތް އައްލާހު ވީ ކޮންތާކު؟
  7. މާތް އައްލާހު ފޫހިވާނެތަ؟
  8. މާތް އައްލާހު އިބްލީސް އުފެއްދީ ކީއްވެ
  9. މާތް އައްލާހު އާ އިބްލީހާ ފައިޓް ކޮއްގެން މޮޅުވާނީ ކާކު؟
  10. މާތް އައްލާހު ހުންނަނީ ކިހިނެއް؟
)ނުނިމޭ

ތިމަން އައްލާހުގެ ވާހަކަ

އަހަންނަކީ އައްލާހު އެވެ. އަހަރެންގެވާހަކަ ކަލޭމެން ވަރަށް ގިނަގޮތް ގޮތައް އަޑު އަހާފަ ވާނެއެވެ.ނަމަވެސް އަހަރެންގެ ވާހަކަ ކަލޭމެން ދިވެހިންނަށް އިގޭނެ ގޮތަށް ދިވެހިބަހުން ބުނެދޭން ގަސްތު ކޮއް މިވާހަކަ ބާވާ ލިޔެވެން ފެށީއެވެ. މީ ހަމަ ތިމަން އައްލާހުގެ ސައްހަ ވަހީބަސްފުޅެވެ. މިބާވާލެވެނީ ތިމަން އައްލާހުގެ އުޑުގައިވާ އަރުސިން ސީދާ ބިމުގައިވާ ތިމަން އައްލާހުގެ ބުލޮގަށެވެ


އަހަރެން ނަކީހުރިހާ އެއްޗެއް އުފައްދަވާ، ހެއްދިވިފަރާތެވެ، އަހަރެން ނަކީ ހަޤީގަތުގައި ވަރައް އެކަނިވެރި

އެކެވެ، އެއީ ދެވަނެއް ނުވާ ހަމައެކަނި އައްލާހުއެވެ. އަހަރެން ގެ އުފަންވުމެއް އަދި ނިމުމެއްނުވެއެވެ، އަބަދު ދާއިމަށް މިހެން އަހަރެން ހުރީކީވެކަމެއް އަހަންނަކަށް ނޭގެ އެވެ. ދެން އަހަރެން އެއްވެސް އެޗެއްނެތް ހަމައެކަނި އަހަރެން ހުރިތަނުގައި އެހެން ވޮޑި ވޮޑި ހުންނަނީ އެވެ، މިހެން ވޮޑިގެން ހުއްޓާ ވަރައް މޮޅު ޚިޔާލެއް ތިމަން އައްލާހުގެ ރަސްކަންފުޅަށް އަރާފި އެވެ. އަހަރެން ދެން އެއްވެސް އެއްޗެއްނެތް ހުސްތަނެއްގައި މިހެން ވޮޑިގެން ހުރެގެން ކީއްހޭކުރާނީ ހޭ؟. މިހެންވޮޑި ވޮޑިހުއްޓަސް ވާނެއެއްކަމެއްވެސް ނެއްތާއޭ! އެހެންވީމާ ކޮންމެސް އެއްޗެއް ހަދަން އުޅެންވެއްޖެއޭ. ދެން މިކަން ކުރަންވެގެން އަހަރެން އިންނަ ކުރުސި(ގޮނޑި) މަތީގައި އަރުސިއެއް ހާދާފީމެވެ. ހަދާފައި އޭގައި ތިމަން އައްލާހު ކަރިއައައް އަދި ފަހަތަށް އަދި ތިމަންއައްލާހައް ކުރެވޭނެ ކުރާނެ ހުރިހާކަމެއް ލިޔެ ނިންމާފީމެވެ.މިލޔެވިފައި ވާފޮތައް ކިޔަނީ ލައުފުލްމަހްފޫލް އެވެ. ދެން އެއައްފަހު އޭގެ(އަރުސީގައި އެބަހީ ލައުފުލް މަހްފޫލުގައި  ލިޔެފައިވާ) މަގުޗާޓާ އެއްގޮތަށް ތިމަންއައްލާހު އަމަލު ކުރުމަށް ނިންމާ ފީމެވެ

..
ދެން އެގޮތުގެމަތިން ތިމަން އައްލާހު ހުރިތަނުން ،ކައުނެއް އުފެއްދުމަށް އެންގީމެވެ. އެހިނދުން އެކައުނު

ފަޅާގެން ގޮސް އުފެދި ފުރިހަމަވެއްޖެއެވެ. މިވާހަކަތައް މީގެ ކުރިން ތިމަން އައްލާހު ބާވާލެއްވި ފޮތްތަކުގައިވެސް ކޮންމެވެސް ވަރަކައް ހިމެނިފައިވާނެއެވެ. އެންމަފަހުން މުހައްމަދުގެ ފާނައް ލިޔެދިން ފޮތް ގުރުއާނުގަވެސް ވަރައް މޮޅައް ހުންނާނެއެވެ. ދެން އެކައުނު ގާ ތިމަންއައްލޯހު އުޅޫނެ ވަރައްވަރައް ފައްކާ، ފުރިހަމަ ތަނެއް ހަދަން އެންގީމެވެ. އެހިނދުން ސުވަރުގެ އުފެދުނެވެ. އަދި އެތާގައި ތިމަން އައްލާހުގެ ގަނޑުވަރު ހަދާފީމެވެ، އަދި ތިމަން އައްލާހުގެ ކުރުސި އާ އަރުސި އެގަނޑުވަރުގާ ބަހައްޓާ އެކުރުސީގައި ވެޑުވިލާ އޮތީމެވެ. އޮވެގެން ދެން އެއްކަލަ އަރުސީގައި ލިޔެފައިވާ މަގުޗާޓު ގައިވާ ކަން ކިޔާ އެކަން ކުރަން ފަށާފީމެވެ. އެގޮތުން ތިމަން އައްލާހު އެކަނި މިހެން އަމިއްލަ އައްކަންކަން ނުކުރަންވެގެން ، އެހެން ބަޔަކު ހަދެމުގެ ކަންކަމާ އުޅެގެން ފީމެވެ. މި ގޮތުން ފުރތަމ ހަދަން ނިންމީ ތިމަން އައްލާހުގެ ނޯކަރުން ނާއި މަސައްކަތު މީހުންނެވެ. މިމީހުން ނައް މަލާއިކަތުން ނޭ ކިޔާ ނަންދީފީމެވެ. މިމީހުން ހަދާފައިވަނީ ނޫރުންނެވެ. ނޫރަކީ އަލި(ލައިޓް) އެވެ.(ވާހަކައިން ބޭރުން، ތިމަން އައްލާހު އެއްޗިއްސައް ނަންދީ ވާހަކަ ދައްކާ އުޅެނޫ އަރަބިބަހުން، އެއިތިމަން އައްލާހު ގެ ޒާތުފުޅުގައި ވާގޮތެވެ.ތަންކޮޅެއް ކުރިބް އެހެން ބަސްތައްޗެސް ތިމަން އައްލާހު ހެއްދެވީމެވެ، ނަމަވެސް އަރބި ބަހަކީ ތިމަން އައްލާހުގެ ރަސްމީބަހެވެ. )ދެން ވާހަކަޔާގެން ކުރިޔައްދަމާ ހިގާށެވެ. (ނުނިމޭ